Last Updated: April 24, 23:11
Thursday, April 25, 2024
ރިޕޯޓް

ދުވާލަކު 8 ތަށި ފެން ބޯންވީ ކީއްވެ؟

1. ބަރުދަން ލުއިވުން

ގިނައިން ފެން ބުއިމަކީ ބަރުދަން ލުއިކުރުމަށް އޮތް އެންމެ ފަސޭހަ ގޮތެވެ. ގިނައިން ފެން ބުއިމަކީ ކާއެއްޗެހި ހަޖަމްވުމަށް ފަސޭހަކޮށްދީ، މެޓަބޮލިޒަމް އަވަސްކޮށްދޭ ކަމެކެވެ. މީގެ އިތުރުން ފެން ބުއިމަކީ ބަނޑު ފުރޭ ކަމަކަށްވުމުން، ގިނައިން ކެއުމުން ވެސް ދުރުހެލިވެ އެވެ.

2. ދިފާޢީ ނިޒާމް ވަރުގަދަކޮށްދިނުން

ހަށިގަނޑަށް ބޭނުންވާ މިންވަރަށް ގެންބުއިމުގެ ސަބަބުން ހަށިގަނޑުގެ ހުރިހާ ސެލްތަކަށް ލޭގެ ޒަރިއްޔާއިން ރަނގަޅަށް އޮކްސިޖަން ލިބެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމް އިތުރަށް ވަރުގަދަވެ އެވެ.

3. ހުޅުހުޅަށް ތަދުވުން ކުޑަކޮށްދިނުން

މިހާރަކަށް އައިސް އަޅުގަނޑުމެން ކައިއުޅޭ އެއްޗެހީގައި ގިނަ އަދަދަކަށް ކެފެއިން ހިމެނެއެވެ. އޭގެ ސަބަބުން ހަށިގަނޑު ޑީހައިޑްރޭޓްވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ހުޅުހުޅަށް ތަދުވެ އެކިއެކި ތަންތަން ދުޅަވާނެ އެވެ. އެހެންނަމަވެސް ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމަކީ ހުޅުހުޅުތަށް ލުބްރިކޭޓްކޮށްދީ، މަސްތައް އިލާސްޓިކްކަންމަތީ ދަމަހައްޓައިދޭ ކަމެކެވެ.

4. ހަންގަނޑު ރީތިވުން

މިހާރަކަށް އައިސް އަޅުގަނޑުމެންގެ ކެއިންބުމުގެ އާދަތައް ހުންނަގޮތުން، ގިނަ އަދަދެއްގެ ވިހަ މާއްދާތައް ހަށިގަނޑުގެ ތެރެއަށް ގޮސް، ހަންގަނޑު އަނދިރިވުމަށް މަގުފަހިކުރެއެވެ. ގިނަގިނައިން ފެން ބުއިމަކީ އެ ވިހަ މާއްދާތައް ހަށިގަނޑުން ބޭރަކޮށްދީ މޫނުގައި ބިހި ނެގުމުގެ ފުރުސަތުވެސް ކުޑަކޮށްދޭ ކަމެކެވެ.

5. ބޮލުގައި ރިއްސުން ހައްލުވުން

ޤަވާއިދުން އަދި ގިނަގިނައިން ފެން ބުއިމަކީ އެސިޑިޓީ އާއި ބޮލުގައި ރިއްސުމުގެ މައްސަލަ ވަރަށް ބޮޑަށް ހައްލުކޮށްދޭ ކަމެކެވެ. ދުވާލަކު 8 ތަށި ފެން ބުއިމަކީ ބުރަކަށީގައި ރިއްސުމާއި މައިގްރެއިން ވެސް ފަސޭހަކޮށްދޭ ކަމެކެވެ.

6. ހަކަތައިގެ މިންވަރު އިތުރުވުން

ގިނަގިނައިން ފެން ބުއިމަކީ ސިކުނޑީގެ ބާރު ގަދަކޮށްދީ، ކަންކަމަށް ސަމާލުކަންދޭން ފަސޭހަކޮށްދިނުމުގެ އިތުރުން ހަށިގަނޑަށް ހަކަތަ ލިބޭ މިންވަރު ވެސް އިތުރުކޮށްދޭ ކަމެކެވެ.