Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ފާރިސް ކޯޓަށް ހާޒިރު ކުރާތީ އިދިކޮޅުން ކޯޓް ސަރަހައްދަށް

ދިއްގަރު ދާއިރާގެ މެމްބަރ އަހްމަދު ފާރިސް މިއަދު ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިރޭ ކްރިމިނަލް ކޯޓަށް ހާޒިރު ކުރާތީ އިދިކޮޅު ފަރާތްތަކުން ކޯޓު ސަރަހައްދަށް އެއްވަމުން އެބަދެއެވެ.

ފާރިސް މިއަދު އަނެއްކާވެސް ހައްޔަރު ކޮށްފައިވަނީ އެމަނިކުފާންގެ މައްޗަށް މިހާރުވެސް ކުރަމުންދާ ރިޝްވަތުގެ ތުހުމަތުގައެވެ.

ފާރިސްގެ ދައްތަ ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްގެ ބަންދުގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް މިރޭ 7:15 ހާޒިރު ކުރާނެކަން އޭނާގެ ވަކީލުންނަށް އަންގަވާފައިވާ ކަމަށެވެ.

ފާރިސް ހައްޔަރު ކުރީ ބަލައި ފާސް ކުރުމުގެ އަމުރަކާއިއެކު ގޮސް ފާރިސް ދިރިއުޅުއްވާ ގެކޮޅު ބަލައި ފާސް ކުރުމަށްފަހުއެވެ.