ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ތަންތަން ބަލައި ފާސް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ފާރިސްގެ ބައްޕާފުޅު އަދި ރައީސް މައުމޫންގެ ދެކަނަބލުން ދިރިއުޅުއްވާ އެންދެރިމާގެ ބަލައި ފާސް ކުރުމަށް ފުލުހުން ދިޔުން ނުވައްދައި ފޮނުވާލައިފިއެވެ.
MP @afarismaumoon gulhey thanthan balaa faas kuraa nama emme furathama balanvy Maafushy jalu kamah RM @PoliceMv beyfulhun arihu vidhaalhuvi.
— Yumna Maumoon (@yumna_maumoon) January 27, 2018
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ އެންދެރިމާގެއަށް މިރޭ ފުލުހުން ދިޔުމުން ނުވެއްދީ އެގޭގައި ފާރިސް ދިރިއުޅުއްވާ ތަނެއް ނެތުމުންކަމަށެވެ. ޔުމްނާ ވިދާޅުވީ ފާރިސް އުޅުއްވަނީ މާފުށީ ޖަލުގައި ކަމަށާއި އެތަން ބަލައި ފާސް ކުރުމަށް ފުލުހުން ގާތު ރައީސް މައުމޫން އެދިލެއްވި ކަމަށެވެ.
ފުލުހުން ވަނީ މިއަދު ހަވީރުވެސް އެންދެރިމާގެއަށް ބަލައި ފާސް ކުރުމަށް ގޮސްފައެވެ. އެވަގުތު ރައީސް މައުމޫން އާއި ނަސްރީނާ ގޭގައި ނޫޅުއްވައެވެ. އެދެބޭފުޅުން އޭރު ތިއްބެވީ ދަރިކަލުން ފާރިސް ހައްޔަރު ކުރައްވަތީ ފާރިސް ދިރިއުޅުއްވަމުން ދިޔަ އަނބިކަބަލުންގެ ގޭގައެވެ.
އެންދެރިމާގެއަށް ދެވަނަ ފަހަރަށް ދިޔަ ފުލުހުން ނުވެއްދުމުން އިސްވެރިންނާއި މަޝްވަރާއަށް ކަމަށް ބުނެ ފުލުހުން ވަނީ ގޮސްގައިި ކަމަށް ޔުމްނާ ވިދާޅުވިއެވެ.
ފާރިސް މިއަދު އަނެއްކާ ހައްޔަރުކޮށްފައިވަނީ 6 މަހަށް ވުރެ ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލިތާ 48 ގަޑި އިރު ނުވަނީހެވެ.