Last Updated: June 19, 17:41
Friday, June 19, 2026
ޚަބަރު

ވަކި އާއިލާއަކަށްވީތީ ގާނޫނަށް ވުރެ ބާރުގަދަ ނުވެވޭނެ: އަދުރޭ

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރ އަބްދުއް ރަހީމް އަބްދުﷲ. ފޮޓޯ: އަވަސް

މީހަކު ނިސްބަތްވާ އާއިލާއަކުން، ހަސަބަކުން އަދި ނަސަބަކުން ގާނޫނަށްވުރެ ބާރުގަދަ ނުވެވޭނެކަމަށް ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑު ކެކުރި އާއި ކުޑަކެކުރީގެ ޒަމާން މިހާރު މާޒީވެ ގޮސްފައިވާ ކަމަށާއި، ރައީސް ޔާމީނުގެ ސަރުކާރަކީ ގާނޫނުގެ ބާރު ނަގަހައްޓާ ދެމެހެއްޓުމުގެ ހުރި ސަރުކާރެއް ކަމަށެވެ.

އަދުރޭ މިފަދަ ޓްވީޓެއް ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ނެރުނު އަމުރެއް ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމަށް ފުލުހުން ތަންފީޒު ކުރައްވާފައި ވަނިކޮށެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި، ގާނޫނު ތަންފީޒު ކުރުމުގައި ސަރުކާރު ފުދުންތެރި ކަމަށެވެ.

ރައީސްގެ ތަރުޖަމާން މުއާޒު އަލީ ވިދާޅުވީ ފާރިސް ހައްޔަރު ކުރުމަށް ކޯޓުން ނެރުނު އަމުރު ތަންފިޒު ކުރުމަށް ރައީސް ފުލުހުންނަށް އެންގެވިކަމަށެވެ.