ހުޅުމާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އިމަޖެންސީގައި ފަރުވާ ދެމުން އެބަދެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުޅުމާލޭގައި ހުންނަ މައި ކޮލެޖް ކައިރިން ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ 25 އަހަރުގެ ޒުވާނަކަށެވެ.
އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މިއެކްސިޑެންޓްގައި އިތުރު 23 އަހަރުގެ ޒުވާނަކަށްވެސް ވަނީ އެކި ވަރުގެ އަނިޔާވެފައެވެ. ނަމަވެސް އޭނާގެ ހަލު ސީރިއަސް ނޫންކަމަށް މައުލޫމާތު ލިބެއެވެ.