ދިއްގަރު ދާއިރާގެ މެމްބަރ އަހްމަދު ފާރިސްގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފިއެވެ.
ފާރިސްގެ ބަންދުގެ މުއްދަތު އިތުރުކުރީ ރޭ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގައެވެ. ދައުލަތުން އެދުނީ އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށެވެ. ފާރިސްގެ މައްޗަށް މިފަހަރުވެސް ތުހުމަތު ކުރަނީ މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ތުހުމަތެވެ.
މި ތުހުމަތުގައި ފާރިސް މީގެ ކުރިން ވެސް ހައްޔަރުކޮށް 6 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ޖަލުގައި ވަނީ ބަންދު ކުރެވިފައެވެ.