Last Updated: June 13, 11:33
Saturday, June 13, 2026
ޚަބަރު

ރޮނާލްޑޯގެ ލަނޑުތަކުން ރެއާލަށް ފަސޭހަ މޮޅެއް

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ވެލެންސިއާ ބައްދަލުކުރި މެޗު 1-4 އިން ރެއާލް ކާމިޔާބުކޮށްފިއެވެ.

މިމެޗުގައި ރޮނާލްޑޯގެ ވަނީ ދެ ޕެނަލްޓީއިން ދެ ލަނޑު ކާމިޔާބުކޮށްފައެވެ. 16 އަދި 38 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި މިދެގޯލުން ފަސޭހަ ލީޑެއް ރެއާލަށް ވަނީ ލިބިފައެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާއިން ވަނީ ލަނޑެއް ޖަހާފައެވެ. މިނާ ލޮރެންޒޯ ކާމިޔާބުކުރި މިލަނޑާއެކު އަނެއްކާވެސް މެޗުގެ ތެރެއަށް ވެލެންސިއާ ވަނީ ވަދެފައެވެ. ނަމަވެސް އިތުރު ލަނޑެއް އެޓީމަށް ކާމިޔާބުނުކުރެވި އޮތްވާ ރެއާލުން ވަނީ މެޗުގެ ފަހު ވަގުތުކޮޅު ދެލަނޑު ޖަހާފައެވެ.

ޑިފެންޑަރު މާސެލޯ 84 ވަނަ މިނެޓުގައި ރެއާލްގެ ތިންވަނަ ލަނޑު ޖަހާފައިވާއިރު މެޗު ނިމެން އެންމެ މިނެޓަކަށް ވެފައިވަނިކޮށް ކްރޫސް ވަނީ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. މިވަގުތު ވެލެންސިއާ ތާވަލުގެ ތިންވަނައިގައި އޮތީ ރެއާލަށްވުރެ ދެޕޮއިންޓު އިތުރަށް ލިބިގެނެވެ. ރޭގެ މޮޅާއެކު ތާވަލުގެ ކުރިއަށް ދިއުމަށް ރެއާލަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ.