Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

ފާރިސް ދޫކޮށްލުމުގެ އަމުރަކަށް އެދިއްޖެ

ހަ މަސް ދުވަހަށް ޖަލުގައި ހުންނަވަކޮށް މިދިޔަ ބުރާސްތަފި ދުވަހު ދޫކޮށްލި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނު އިއްޔެ އަލުން ބަންދު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނާ ދޫކޮށްލުގެ އަމުރަކަށް އެދި ހެބިއަސް ކޯޕަސްގެ މައްސަލައެއް ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ފާރިސް އަލުން ހައްޔަރު ކުރީ ވެސް ގާނޫނީ ސަރުކާރެއް ވައްޓާލަން މަޖިލިސް މެމްބަރުންނަށް ރިޝްވަތުދޭ ކަމަށް ބުނެއެވެ.

އޭނާގެ ވަކީލުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހެބިއަސް ކޯޕަސްގެ މައްސަލާގައި ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ކުރިން ކްރިމިނަލް ކޯޓުން އަމުރު ނެރުމުގައި އަމަލުކުރި އުސޫލުތަކާ ހިލާފަށް އަމުރު ނަގާފައިވުމާއި މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތަކާ ހިލާފަށް އަމުރު ތަންފީޒުކޮށްފައިވުމާއި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންކަން ފާހަގަކޮށްފައިވެ އެވެ. އަދި

އެ ގާނޫނުގެ 207 ވަނަ މާއްދާގެ (ހ) އަދި (ބ) ގެ ދަށުން ކޯޓު އަމުރަކުން ބަންދުކުރާ މީހަކު ހެބިއަސް ކޯޕްސްއަށް ރިޓަކަށް ހުށަހެޅޭނެއެވެ.

ހެބިއަސް ކޯޕަސްގެ މައްސަލަތަކަކީ ގާނޫނާ ހިލާފަށް ބަންދުކުރާ މީހުން ބަންދުން ދޫކޮށްލުމުގެ އަމުރަކަށް އެދި ހުށަހަޅާ މައްސަލަތަކެވެ.

ފާރިސްގެ ބަންދަށް ކްރިމިނަލް ކޯޓުން ރޭ ވަނީ 15 ދުވަސް ޖަހައިފަ އެވެ.