Last Updated: May 4, 09:56
Saturday, May 4, 2024
ޚަބަރު

ހޮލިޑޭ އެންޑް ފެއާ ފެސްޕޯގައި ރާއްޖޭން ބައިވެރިވެއްޖެ

ސްވިޒަލޭންޑްގެ ޒުއިރިޗްގައި ކުރިއަށްދާ، އެންމެ ބޮޑު ސްވިސް ހޮލިޑޭ އެންޑް ފެއަރ ފެސްޕޯގައި 2018 ގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިސްނަގައިގެން ބައިވެރި މި ފެއަރގައި ޖުމްލަ 12 ކުންފުންޏަކުން 19 ފަރާތަކުން ބައިވެރިވިއެވެ.

މިފެއަރ ކުރިއަށްދަނީ 25 ޖެނުއަރީން، މިމަހުގެ 28ގެ ނިޔަލަށެވެ.

63 ސްކެއަރމީޓަރުގައި ޑިޒައިންކޮށްފައިވާ ރާއްޖޭގެ ސްޓޭޑުން ދައްކުވައިދެނީ ހަނީމޫންއަށް އެންމެ އެކަށީގެންވަނީ ރާއްޖެ ކަހަލަ މަންޒިލެއް ކަމަށާއި ރާއްޖޭގެ ރީތިކަން ފުރިހަމައަށް ދައްކުވައިދީފައެވެ.

ރާއްޖޭގެ ފަރާތުން އިސްކޮށް ހުންނެވީ ރާއްޖޭގެ ފަރާތުން ސުވިޒަލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ހާލާ ހަމީދުއާއި ޓޫއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހުސެއިން ލިރާރް އެވެ. މި މިފެއަރ ކުރިއަށްދާ ވަގުތުގައި ސްވިޒަލެންޑްގެ އެކި އެކި މީޑިޔާތަކަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެއެވެ.

2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ނިޔަލަށް ވަނީ ބައްތިރީސް ހާހަށް ވުރެ ގިނަ ފަތުރުވެރިން ސްވިޒަލޭންޑުން، ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2016 ވަނަ އަހަރާއި އަޅާ ބަލާއިރު 3.1 އިންސައްތައިގެ ކުރި އެރުމެކެވެ.