Last Updated: June 28, 09:20
Sunday, June 28, 2026
މުނިފޫހިފިލުވުން

"ހޭޓް ސްޓޯރީ 4" ގެ ޓްރެއިލާ ދައްކާލައިފި

"ހޭޓް ސްޓޯރީ" ފިލްމް ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމް ކަމުގައިވާ "ހޭޓް ސްޓޯރީ 4"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ވިޝާލް ޕާންޑިޔާ ޑައިރެކްޓްކޮށް، ލީޑް ރޯލްތަކުން އުރްވަޝީ ރޯޓެލާ އާއި ވިވަން ބަތޭނާ އަދި ކަރަން ވާހީގެ އިތުރުން އިހާނާ ދިލަން އާއި ގުލްޝަން ގްރޯވަރު ފެނިގެންދާ މި ފިލްމްގެ ޓްރެއިލާ ރިލީޒްކޮށްފައި ވަނީ އިއްޔެ އެވެ.

މި ފިލްމްގައި އުރްވަޝީ އަދާ ކުރަނީ މަޝްހޫރު ބަތަލާއެއްގެ ރޯލެވެ. ކަރަން ފެނިގެން ދާނީ އުރްވަޝީ ދެކެ ލޯބިވާ ފޮޓޯގްރާފާއެއްގެ ރޯލުންނެވެ. އަދި ވިވަން އަދާ ކުރަނީ ކަރަންގެ ބޭބެ އަދި އިހާނާގެ ލޯބިވެރިޔާގެ ރޯލެވެ.

އެހެންނަމަވެސް، ފަހުން އުރްވަޝީ އާއި ވިވަން ބައްދަލުވެ، އެ ދެ މީހުންގެ ދެމެދުގައި ވެސް ލޯބީގެ ގުޅުމެއް އުފެދެ އެވެ. މިކަމުގެ ސަބަބުން ކަރަން އާއި ވިވަންގެ ދެމެދުގައި މައްސަލަ ޖެހެ އެވެ. ކަރަން އާއި ވިވަންގެ ބައްޕަގެ ރޯލް ކުޅެނީ ގުޝަން ގްރޯވާ އެވެ.

"ހޭޓް ސްޓޯރީ 4" ރިލީޒް ކުރާނީ މާޗް މަހުގެ 9 ވަނަ ދުވަހު އެވެ.