Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

އައްޑޫގެ ތިން ކައުންސިލަރަކު ތަމްރީން ޕްރޮގްރާމެއްގައި

ކައުންސިލަރުންނަށް އަމާޒުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ފެށި ތަމްރީން ޕްރޮގްރާމެއްގައި އައްޑޫގެ ތިން ކައުންސިލަރަކު ބައިވެރިވެޑައިގެންފި އެވެ.

މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކައުންސިލުން ދިނީ އަލަށް ކައުންސިލަށް ހޮވިފައިވާ ތިން ކައުންސިލަރަކަށެވެ. އެއީ ހިތަދޫ މެދު ދާއިރާ ކައުންސިލަރު ޖަމްޝީދާ މުހައްމަދާއި މަރަދޫ ކައުންސިލަރު ފައިސަލް އިބްރާހީމް އާއި މީދޫ ކައުންސިލަރު ހުސައިން ހިޔާޒެވެ.

މި ޕްރޮގްރާމްގައި ތަމްރީންދެވޭ ބައިތަކުގެ ތެރޭގައި، ލޯކަލް ޑިމޮކްރަސީ އާއި ކައުންސިލްތައް ބާރުވެރި ކުރުވުމާ އެކު ރައްޔިތުންގެ ހިއްސާ މުޖުތަމަޢުގައި އިތުރުކުރާނެ ގޮތްތައް ހިމެނެ އެވެ.

ޕްރޮގްރާމް ރޭވިފައިވަނީ ލޯކަލް ގަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފަޔާއި އިރުޝާދު ލިބިގެން ކަމަށް ޓްރާންސްޕޭރަންސީން ބުންޏެވެ.