Last Updated: June 13, 11:33
Saturday, June 13, 2026
ޚަބަރު

މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި

މެލޭޝިޔާ ސަރުކާރުން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި އެވެ.

މެލޭޝިޔާގެ ހަޔާ އެޑިއުކޭޝަނުން ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން އެ ގައުމުގެ 17 ޔުނިވާސިޓީއަކާ ގުޅިގެން ދޭން ހަމަޖެހިފައިވާ ސްކޮލަޝިޕްތަކެކެވެ.

އަދި މިސްކޮލަޝިޕްތަކަކީ މެލޭޝިއާ ސަރުކާރުން 50 ޕަސަންޓް ޑިސްކައުންޓް ހިމަނާފައިވާ ސްކޮލަޝިޕްތަކެކެވެ. ދިވެހި ދަރިވަރުންގެ ތެރެއިން ހޮވޭ ދަރިވަރުން ދައްކަން ޖެހޭ 50 ޕަސެންޓް ސަރުކާރުން ދޭ ލޯނެއްގެ ގޮތުގައި ހަމަޖެހިގެން ދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަ ށްފަހު މެލޭޝިޔާ ސަރުކާރާ ގުޅުން ބަދަހި ކުރައްވާފައިވާ ކަމަށާއި މިއަދު މިލިބުނު ސްކޮލަޝިޕްތަކުގެ ސަބަބުން ދިވެހި ޒުވާނުންގެ ހުނަރު އިތުރު ކުރުމަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބިގެން ދާނެ އެވެ.

މިއަދު ލިބުނު 500 ސްކޮލަޝިޕްގެ ތެރެއިން 100 ސްކޮލަޝިޕަކީ ޕޯސްޓް ގްރެޑުއޭޓް ސްކޮލަޝިޕްތަކެވެ.

އަދި 400 ސްކޮލަޝިޕަކީ އަންޑަ ގްރެޖުއޭޓް ސްކޮލަޝިޕްތަކެވެ. ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް އޭ ލެވެލް ތިން ފާސް ބޭނުން ވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.