Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

2018 ގެ ރިޔާސީ ބަޔާން އިއްވުން ހޯމަ ދުވަހު

ރައީސް އަބްދުﷲަ ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާން ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އަންނަ ހަފުތާގެ ހޯމަ ދުވަހު އިއްވުން އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުން ބުނެފި އެވެ.

އެ އިދާރާ އިން ބުނީ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި މި އަހަރުގެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ.

އެ ދުވަހަށް ޖަލްސާ ތާވަލު ކުރި ނަމަވެސް އެޖެންޑާއެއް އަދި ޢާންމެއް ނުކުރެއެވެ.

ކޮންމެ އަހަރެއްގެ ވެސް ރައްޔިތުން މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސްގެ ރިޔާސީ ބަޔާން އިއްވެވުން އޮވެ އެވެ.

ޤާނޫނު އަސާސީގެ 84ވަނަ މާއްދާގައި ބުނެފައިވަނީ ކޮންމެ އަހަރަކުމެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ އަދި ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމުގެ މައްޗަށް ރައީސަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވަން ވާނެ ކަމަށެވެ.

މަޖިލީހުގެ މި އަހަރުގެ ދައުރު ފަށަން ތައްޔާރު މި ވަނީ ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހުގަ އެވެ. އަދި މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ދަނޑިވަޅެއްގަ އެވެ.