Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ދެކުނުގެ ކުނި މެނެޖް ކުރަން އަބޫދާބީން ލޯން

އައްޑު އާއި ފުވައްމުލައް އަދި ހުވަދު އަތޮޅަށް ހާއްސަކޮށްގެން ގާއިމު ކުރާ ރީޖިނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ބޭނުންވާ ފައިސާގެ ބޮޑު ބައެއް އަބޫދާބީ ފަންޑުން ދީފި އެވެ.

އަބޫދާބީ ފަންޑުން ދީފައިވާ 20 މިލިއަން ޑޮލަރުގެ ލޯން އެހީ ބޭނުން ކުރާނީ ކުނި ނައްތާލާ އިންސިނެރޭޓަރު ހޯދުމާއި އިންސެނެރޭޓަރު ރާއްޖެ ގެނެސް އިންސްޓޯލް ކުުރުމަށް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއު މިހާރު އޮތީ ދެވަނަ ފަހަރަށް ބިޑަށް ލައިފަ އެވެ.

ދެކުނުގައި ޤާއިމް ކުރާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމަށް ނިންމާފައި ވަނީ ހިތަދޫގަ އެވެ. މި މަޝްރޫޢު ފަރުމާކޮށްފައިވަނީ ގއ. އާއި ގދ. އާއި ފުވައްމުލަކާއި އައްޑޫގައި އުފެދޭ ކުނި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޖަމާކޮށް ތިމާވެއްޓާ ރަޙްމަތްތެރި ގޮތުގައި ނައްތާލެވޭ ގޮތަށެވެ.

މަޝްރޫއަށް ފައިސާ ހަމަޖައްސާފައި ވަނީ ސަރުކާރާއި އަބޫދާބީ ފަންޑްގެ ލޯން އެހީގަ އެވެ.

މިނިސްޓަރީން ބުނީ ބިޑް މަރުހަލާ ނިންމައި ކުރިއަށް އޮތް ތިން މަސް ދުވަހުގެތެރޭ މަސައްކަތް ބަޔަކާ ހަވާލުކުރާ އިރު، ހަމަ މި އަހަރުގެ ތެރޭގައި އިންސިނެރޭޓަރު އިންސްޓޯލް ކުރުމަށް ނިންމާފައިވާ ކަމަށެވެ.