Last Updated: June 11, 06:42
Thursday, June 11, 2026
ސިޔާސީ

ނަޝީދު ހުރާގައި

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މާލެ އަތޮޅު ހުރަ އަށް މިއަދު ވަޑައިގެންފި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރެއްގައި އެ މަނިކުފާނު ހުރަ އަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ހުރަ އަށް ވަޑައިގެން ނަޝީދު ވަނީ އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފަ އެވެ.

މީގެ އިތުރުން ނަޝީދު ވަނީ ހުރާގައި އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ވޯކްޝޮޕް ހިންގާ ފަރާތްތަކާއި ބައްދަލު ކުރައްވައި، އެމްޑީޕީން މި އިންތިޚާބް ކާމިޔާބު ކުރެއްވުމުގެ މުހިއްމުކަން ވިދާޅުވެފަ އެވެ.
އަދި ރިޔާސީ ކެމްޕެއިން އެމްޑީޕީ އަށް ކާމިޔާބުކޮށް ދިނުމަށް އެ ފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތައް ޝުކުރު އަދާ ކުރައްވާ، ހިތްވަރު ދެއްވާފައި ވެ އެވެ.

މި ދަތުރުގައި މިއަދު މެންދުރު 2:00 ގައި ނަޝީދު ދިއްފުށްޓަށް ވަަޑައިގަންނަވާ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.