Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

"ޔޭޔޭ ކޮފީ" ޕްރޮމޯޝަން މި މަހު 31 އާ ހަމައަށް

ބީއެޗްއެމް ޓްރޭޑާސްއިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުން އަންނަ "ޔޭޔޭ ކޮފީ" ގެ ޕްރޮމޯޝަންގެ މުއްދަތު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސިޕް އެންޑް ވިންގެ ނަމުގައި ސެޕްޓެމްބަރ 1، 2017 އިން ފެށިގެން ޖެނުއަރީ 31، 2018ގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ މަހަކު 15 ލެޕްޓޮމް ލިބޭނެއެވެ.

ޑެލް ވޮސްޓްރޯ މަލްޓި މީޑިޔާ 15 ލެޕްޓޮޕްގެ އިތުރުން ގްރޭންޑް ޕްރައިޒްއަކަށް ޑެލް އިންސްޕިރޮން ގޭމިން ލެޕްޓޮޕްއެއް ގުރުއަތުން ހޮވޭ ފަރާތަކަށް ލިބޭނެ ކަމަށް ބީއެޗްއެމްއިން ބުންޏެވެ.

އެގޮތުން މިހާތަނަށް ވަނީ ސެޕްޓެމްބަރ، އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރ މަހުގެ ނަސީބުވެރިން ހޮވާ ލެޕްޓޮޕް ހަވާލުކޮށްފައެވެ.

މީގެ އިތުރުން މިޕްރޮމޯޝަންގައި ބައިވެރިވާ ފަރާތުގެ ތެރެއިން ކޮންމެ ދުވަހަކު ފަންސާސް ބޯނަސް އިނާމް ލިބޭއިރު އޭގެ ތެރޭގައި ކޮފީ ބޮޑެތި ޕެކެޓާއި، ޓީޝާޓް އަދިވެސް ތަފާތު ގިނަ އިނާމްތައް ވަނީ ހިމަނާފައެވެ.

ކޮންމެ ކުޑަ ދިހަ ޕެކެޓަކަށް ކޫޕަނެއް ދޫކުރާ ގޮތަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބޮޑު ޕެކެޓަކާއެކު ފަސް ކޫޕަން ލިބޭނެ ކަމަށް ބީއެޗްއެމްއިން ބުންޏެވެ.

ކޫޕަނުގައި ފޮރުވިފައިވާ ކޯޑު އެސްއެމްއެސް ކުރައްވާނީ 5757 އަށެވެ. މީގެ އިތުރުން ވައިބަރ މެދުވެރިކޮށްވެސް މިހާރު މިޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ.

މިޕްރޮމޯޝަންގެ ދަށުން އެއް މިލިއަން ރުފިޔާއާއި ހަމައަށް ތަފާތު އަގު ހުރި އިނާމްތައް ލިބޭނެ ކަމަށް ބީއެޗްއެމްއިން ބުންޏެވެ. މިހާތަނަށް މި ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެއެވެ.