Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ހުޅުމީދޫ ޗަސްބިމުގައި ރޯވެ އަނދަނީ

ހުޅުމީދޫ ޗަސް ބިމުގައި ރޯވެ އަނދަމުން އެބަދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެ ފައިވާ އަލިފާންގަޑު ދަނީ ބޮޑު ސަރަހައްދަކަށް ފެތުރެމުންނެވެ. އަލިފާން ގަނޑު ރޯވެފައިވަނީ އެ ރަށުގައި ހުންނަ އެސްޓިއޯ އިމާރާތާއި ދިމާލުން ޗަސް ބިމުގައެވެ.

ޗަސްބިމުގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ފުލުހުންނާއި އާއްމުން ގުޅިގެން ކުރިއަށްދާ އިރު އަދިވެސް އަލިފާންގަނޑު ވަނީ ނިއްވޭ ގޮތް ނުވެފައެވެ.

ފުލުހުން ބުނީ އަލިފާންގެ އަސަރު މީހުން ދިރިއުޅޭ އެއްވެސް ގެއަކަށް ނުކުރާނެ ކަމަށެވެ.

ފަހަކަށް އައިސް ޗަސްބިމުގައި ރޯވާ އަދަދު އިތުރުވާކަން ފާހަގަކޮށްލެވެއެވެ.