އިންޑިއާގެ އެއްވެސް ސްޓޭޓެއްގައި ސަންޖޭ ލީލާ ބަންސާލީގެ ފިލްމް "ޕަދުމާވަތު" ދެއްކުމަށް ހުރަސް ނޭޅޭނެ ކަމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމާފައިވަނިކޮށް، މެލޭޝީއާގައި އެ ފިލްމް ދެއްކުން މަނާކޮށްފި އެވެ.
މެލޭޝިއާ އަކީ "ޕަދުމާވަތު" ދެއްކުން މަނާކުރި ފުރަތަމަ ޤައުމެވެ. ގިނަ އަދަދެއްގެ މުސްލިމުން ދިރިއުޅޭ މެލޭޝިއާގައި އެ ފިލްމް ދެއްކުން މަނާކޮށްފައި ވަނީ އިސްލާމް ދީނާއި ޚިލާފު ކަންތައްތަކެއް އެފިލްމްގައިވާތީ އެކަމާއި ކަންބޮޑުވެގެން ކަމަށް އެޤައުމުގެ ސަރުކާރުން ބުނެއެވެ.
މެލޭޝިއާގެ ފިލްމް ސެންސާޝިޕް ބޯޑުން އެފިލްމް މެލޭޝިއާގައި އެޅުވުމުގެ ހުއްދަ ދީފައި ނުވެއެވެ.
އިންޑިއާ އާއި ޚިލާފަށް ފިލްމެއް އެޅުވުމުގެ ހުއްދަ ދިނުމާއި ނުދިނުމުގެ ފުރިހަމަ ބާރު މެލޭޝިއާގެ ސެންސަރު ބޯޑަށް ލިބިގެން ވެއެވެ. އެ ބޯޑުގެ ނިންމުމާމެދު މެލޭޝިއާގެ އެއްވެސް ކޯޓަކުން މައްސަލައެއް ނުޖެއްސޭނެ އެވެ.