ދާދިފަހުން ހިޓް ފިލްމް "ގޯލްމާލް އަގެއިން" އިން ފެނިގެންދިޔަ ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރިނީތާ ޗޯޕްރާ ރާއްޖެ އަތުވެއްޖެ އެވެ.
މުމްބާއި މިރާ އިން ރިޕޯޓް ކޮރާ ގޮތުގައި ޕަރިނީތީ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ރާއްޖެ އައިސްފައި ވަނީ އޭނާގެ ރައްޓެހިންނާ އެކީއެވެ. އެހެންނަމަވެސް އޭނާ ރާއްޖެ އައިސްފައި ވަނީ ކިހާ ދުވަހަކަށްކަން އަދި ނޭނގެ އެވެ.
ވަގުތު ނޫހުން ރިޕޯޓް ކުރާ ގޮތުގައި ޕަރިނީތީ ޗުއްޓީ ހޭދަކުރަމުން ދަނީ ސަން އައިލެންޑް ރިޒޯޓްގަ އެވެ. އޭނާ ވަނީ މިއަދު އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަށް ރާއްޖޭގެ މަންޒަރެއް ޕޯސްޓްކޮށްފަ އެވެ.

މީގެ ކުރިންވެސް ޕަރިނީތީ ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފައެވެ. ކުރިއަށް އޮތް ވެލެންޓައިންސް ޑޭ ކަމުގައިވާ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ޕަރިނީތީ އޭނާގެ ފިލްމް "ނަމަސްތޭ ލަންޑަން" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، ވަރަށް އަވަހަށް އަކްޝޭ ކުމާރް އާއެކު އޭނާ "ކޭސަރީ"ގެ މަސައްކަތް ވެސް ފަށާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.