މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑް އާއި އޭނާގެ އަންހެނުން ކަމުގައިވާ މޮޑެލް އަދި ޓީވީ ހޯސްޓް ކްރިސީ ޓީގެން އަށް މިފަހަރު ލިބެނީ ފިރިހެން ކުއްޖަކު ކަމަށް ކްރިސީ ބުނެފި އެވެ.
އުމުރުން 32 އަހަރުގެ ކްރިސީ އާއި ޖޯން އަށް ވަނީ މީގެ ކުރިން އަންހެން ކުއްޖަކު ލިބިފައެވެ. އެދެމަފިރިންގެ އަންހެން ދަރިފުޅު ލޫނާ އަށް މިހާރުން އެއް އަހަރު ވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ރޭ ބޭއްވި 60 ވަނަ ގްރެމީ އެވޯޑްސް އަށްފަހު ކްރިސީ ވަނީ އޭނާގެ ރެޑް ކާޕެޓް ފޮޓޯއެއް އިންސްޓަގްރާމަށް ޕޯސްޓް ކުރަމުން ދަރިފުޅުގެ ޖިންސު އިއުލާންކޮށްފަ އެވެ.