އަމިތު ޝަރްމާ ޑައިރެކްޓްކޮށް ޖަންގްލީ ޕިކްޗާސް އާއި ކްރޯމް ޕިކްޗާސް އިން އުފައްދާ ފިލްމް "ބަދާއި ހޯ" ގެ ޝޫޓިން ފަށައިފި އެވެ.
ލީޑް ރޯލްތަކުން އަޔުޝްމަން ކުރާނާ އާއި ސާންޔާ މަލްއުތްރާ ފެނިގެންދާ ފިލްމްގެ ޝޫޓިން ފެށިކަން އިއުލާން ކުރުމުގެ ގޮތުން ފިލްމްގެ ޕްރޮޑަކްޝަން ހައުސް އިން ވަނީ ތަރިންގެ ފޮޓޯތައް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.
ސާންޔާއަކީ އާމިރް ހާންގެ "ޑަންގަލް" އިން ތައާރަފުވި ބަތަލާއެކެވެ.
#BadhaaiHo goes on floors! 📽
Starring @ayushmannk & @sanyamalhotra07 Directed by #AmitSharma. @ChromePictures @CinemaPuraDesi pic.twitter.com/5y00uMBxnh
— Junglee Pictures (@JungleePictures) January 30, 2018
އަޔުޝްމަން އާންމުކޮށް ކުޅެނީ އެހާ އާންމު ނޫން، ތަފާތު މަޖާ ވާހަކަތައް ދައްކުވައިދޭ ފިލްމްތަކެވެ.
ބޮކްސް އޮފީހުގެ އަދަދުތަކަށް މާބޮޑު ސަމާލުކަމެއް ނުދީ އަޔުޝްމަން މަސައްކަތް ކުރަނީ އޭނާ އަށް ހިތްހަމަޖެހުން ލިއްބައިދޭ ޕްރޮޖެކްޓްތަކުގަ އެވެ. އޭނާ އެންމެ ފަހުން ކުޅުނު ދެ ފިލްމް "ޝުބް މަންގަލް ސާވްދާން" އާއި "ބަރޭލީ ކީ ބަރްފީ" ވެސް ވެގެން ދިޔައީ ބޮޑު ކާމިޔާބަކަށެވެ.
"ބަދާއި ހޯ" ރިލީޒް ކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެ އެވެ.