ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުން ދުރުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އިތުރު ލިޔެ ކިއުން ހުށަހެޅުމަށް އަންގާފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Alhugadumen SC ah hushahelhi RY ge vakkamuge massala ah bayeh idhaaree islaahu gennan SC in angaafa vaathee, mihaaru alhugadumen midhanee e masaiykaiy kuramun
— Mohamed Nasheed (@MohamedNasheed) January 30, 2018
ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު އާއި ރައީސް މައުމޫން އިސްވެ ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވަނީ ވެރިކަން ގާނޫނު އަސާސީގައި ބުނެފައިވާ ހަމަތަކުގެ މަތިން ނައިބް ރައީސް އަބްދުﷲ ޖިހާދާއި ހަވާލުކޮށް ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލައިގެ ބައެއް އިދާރީ އިސްލާހު ގެނައުމަށް ސްޕްރީމް ކޯޓުން އަންގާފައިވާ ކަމަށެވެ.
ރައީސް ޔާމީން އަޒަލު ކުރުމަށް އިދިކޮޅު ލީޑަރުން ސްޕްރީމް ކޯޓުގައި އެދިފައިވާއިރު ރާއްޖޭގެ އެއްވެސް ކޯޓަކުން އެފަދަ އަމުރެއް ނުނެރޭނެކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުއް ރަހީމް ވަނީ ވިދާޅުވެފައެވެ.