Last Updated: June 11, 06:42
Thursday, June 11, 2026
މުނިފޫހިފިލުވުން

"ގިއްޕީ" ގެ ޓްރެއިލާ ލޯންޗްކޮށްފި

ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނާއި ޔޫޓީވީ ގުޅިގެން އުފައްދާފައިވާ "ގިއްޕީ" ގެ ޓްރެއިލާ ލޯންޗްކޮށްފި އެވެ.

އަންނަ މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ މި ފިލްމްގައި ލީޑް ރޯލް ކުޅެފައި ވަނީ ޔާޝްރާޖް ފިލްމްސްގެ "ލަވް ކާ ދި އިންޑް" އިން ފެނިގެން ދިޔަ ތާހާ ޝާހް އާއި ދިއްލީ އަށް އުފަން އުމުރުން 13 އަހަރުގެ ރިޔާ ވިޖް އެވެ.

އަލަށް ޑައިރެކްޓަރުގެ ގޮނޑީގައި އިށީން ސޯނަމް ނައިރް ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި ދައްކުވައި ދެނީ ކޮލެޖެއްގައި ކިޔަވާ ބަރުހެލި 13 އަހަރުގެ އަންހެން ކުއްޖާ ތާހާ ދެކެ ލޯބިވެގެން ދިމާވާ ހާދިސާތަކެވެ.

"ގިއްޕީ" އަކީ ދަރްމާ އަށް އަންހެން ޑައިރެކްޓަރަކު ހެދި ފުރަތަމަ ފިލްމް ވެސް މެ އެވެ. މި ފިލްމްގެ ޑައިރެކްޓަރު ސޯނަމްއަކީ އަޔާން މުކަރްޖީގެ "ވޭކް އަޕް ސިދް" ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ފަންނާނެކެވެ.