Last Updated: June 28, 09:20
Sunday, June 28, 2026
ޚަބަރު

އަލީ އާދަމް ފޮރިން މިނިސްޓްރީ އަށް ބަދަލުކޮށްފި

ފޮޓޯ: ވީނިއުސް

އިންޑިއާގެ ޓްރިވެންޑްރަމް ގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލްގެ މަޤާމުގައި ހުންނެވި އަލީ އާދަމް ފޮރިން މިނިސްޓްރީގެ މަޤާމަކަށް ބަދަލުކޮށްފި އެވެ.

އަލީ އާދަމް އާއި ހަވާލާދީ ވީނިއުސް އިން ރިޕޯޓް ކުރާ ގޮތުގައި އޭނާ ފޮރިން މިނިސްޓްރީ އަށް ބަދަލު ކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

އޭނާ އައްޔަންކޮށްފައި ވަނީ ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމަށެވެ.

އަލީ އާދަމްގެ ފޭސްބުކް ޕޭޖްގައި އޭނާ ވަނީ ކޮންސުލްގެ މަޤާމުގައި ހޭދަކުރެއްވި މުއްދަތުގައި ޓްރިވެންޑްރަމްގައި ތިބޭ ރާއްޖޭ ކޮންސިއުލޭޓުންނާއި ނިއު ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާއި ރާއްޖޭގެ ފޮރިން މިނިސްޓްރީން ދިން އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.

އަލީ އާދަމް ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލްގެ މަޤާމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ.