Last Updated: June 28, 09:20
Sunday, June 28, 2026
ޚަބަރު

ކޯޓުގެ ހުރުމަތް ކަޑައިގެން އަދީބަށް އިތުރު 15 ދުވަހުގެ ޖަލު ހުކުމެއް!

ފޮޓޯ: މިހާރު

ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައިގެން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބްއަށް އިތުރު 15 ދުވަހުގެ ޖަލު ހުކުމެއް ކޮށްފިއެވެ.

އަދީބްއަށް އިތުރު 15 ދުވަހުގެ ޖަލު ހުކުމެއް ކުރީ އޭނާގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީޢަތުގެ މަޖިލީހުގައި އަޑުގަދަކޮށްގެންނެވެ.

އަދީބު ފަހުން ވަނީ އެގޮތަށް އަމަލު ކުރެވުނީތީ ގާޒީގެ ކިބައިން މާފަށް އެދިފައެވެ.

އަދީބުގެ މައްޗަށް މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތަކީ އޭނާ ނައިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އިރު ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތުތަކެއް ހޯދުމަށް ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ދެ ފުލުހަކަށް ރިޝްވަތު ދިން ކަމަށް ބުނެއެވެ.

އެ ދެ ދައުވާގެ ޝަރީޢަތް ވެސް މިއަދު ކްރިމިނަލް ކޯޓްގައި ކުރިއަށް ދިޔައީ ސިއްރުކޮށްގެންނެވެ

ތަފާތު ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒް ކުރަމުންދާ އަދީބުގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ދައުލަތުން ވަނީ އުފުލާފައެވެ. އޭގެ ތެރޭގައި މަޤާމުގެ ނުފޫޒް ބޭނުންކުރުމުގެ ނުވަ ދައުވާއެއްގެ އިތުރުން ޓެރަރިޒަމްގެ ދައުވާ އަކާއި އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ ވެސް ހިމެނެއެވެ.