Last Updated: June 28, 09:20
Sunday, June 28, 2026
މުނިފޫހިފިލުވުން

"ސޯންޗިޅިޔާ" ގައި ސުޝާންތަކީ ފޭރޭ މީހެއް

އަބީޝޭކް ޗޯބޭ ޑައިރެކްޓް ކުރާ ފިލްމް "ސޯންޗިޅިޔާ" ގެ ޝޫޓިން ފެށިކަން ކަށަވަރުކޮށް ދިނުމަށް ފަހު، އެ ފިލްމްގައި އޭނާ ފެނިގެން ދާނެ ގޮތް ވެސް ސުޝާންތު ސިންގް ރާޖްޕޫތު ދައްކާލައިފި އެވެ.

މަގުފޭރޭ މީހެއްގެ ރޯލް ކުޅޭ ފިލްމް ލުކް ދައްކައިލި އިރު، ގިނަ ބަޔަކު ބުނެފައި ވަނީ "ޝޯލޭ" ގައި އަމްޖަދް ހާން ކުޅުނު ގައްބަރް ސިންގްގެ ލުކާ ވައްތަރު ގޮތެއް އެބަހުރި ކަމަށެވެ.

ހަތިޔާރު އަޅައިގެން ޔުނީފޯމެއް ލައިގެން ހުރި ފޮޓޯއެއް ސުޝާންތު ވަނީ އިންސްޓަގްރާމް ފޭނުންނާ ހިއްސާކޮށްފަ އެވެ.

https://www.instagram.com/p/Bej138mg49_/?hl=en

ސުޝާންތާ އެކު "ސޯންޗިޅިޔާ" ފެނިގެން ދާނެ ތަރިންގެ ތެރޭގައި ބޫމީ ޕެޑްނޭކަރް އާއި މަނޯޖް ބާޖްޕާއީގެ އިތުރުން އަޝުތޯޝް ރާނާ ހިމެނެ އެވެ.

މި ފިލްމަކީ 2016 ގައި ރިލީޒް ކުރި "އުޅުތާ ޕަންޖާބް" އަށް ފަހު ޗޯބޭ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.