Last Updated: May 5, 18:07
Sunday, May 5, 2024
ޚަބަރު

ގިފިލި ތެރެއިން "މަސްތުވާތަކެތި"، މީހަކު ހައްޔަރުކޮށްފި

ފުލުހުން އައްޑޫ ހިތަދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު އެ ރަށު ގެއަކުން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 48 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެކަމަކު އޭނާއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ހޯމަ ދުވަހު މެންދުރު ފަހު ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ހާޒިރުގައި ދިރިއުޅޭ ގެ ބަލައި ފާސްކުރި އިރު އެގޭގެ ގިފިލި ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓާއި 26 ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ޙާޒިރު ކުރުމުން ކޯޓުން ވަނީ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.