ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރުގެ ފަހު ކުއަޓަރުގައި 140 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ރިޕޯޓު އުރީދޫން އާންމުކޮށްފައިވާ އިރު ޖުމުލަ އާމްދަނީގެ ގޮތުގައި އުރީދު އަށް ވަނީ އެ ކުއާޓަރުގައި 472.5 މިލިއަން ރުފިޔާ ލިބިފައެވެ. ޚަރަދުތައް ކެނޑުމުން ލިބުނީ ފައިދާގެ ގޮތުގައި 140.8 މިލިއަން ރުފިޔާ އެވެ.
ދާދި ފަހުން އުރީދޫގެ ހިއްސާ އާންމުންނަށް ވިއްކަން ފަށާފައިވާއިރު އުރީދޫގެ ފުރަތަމަ އަހަރީ އާންމު ޖަލްސާވެސް ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައެވެ.
އުރީދު އަށް ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އޭގެ ކުރީ އަހަރުގެ ފަހު ކުއާޓަރަށް އަޅާ ބަލާ އިރު ފައިދާވެފަ އެވެ. އަދި 2016 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުންޏަށް ލިބިފައި ވަނީ 110.9 މިލިއަން ރުފިޔާގެ ފައިދާއެވެ. އުރީދޫގެ ފައިދާ އިތުރުވެފައި ވަނީ ރޯމިންގް އަދި ޑޭޓާ ރެވެނިއު އިތުރުވުމުން ކަމަށް އުރީދޫން ބުނެފައިވެ އެވެ.