Last Updated: April 29, 14:29
Monday, April 29, 2024
ޚަބަރު

މެޑަމް ފާތުން ޝަމްސުއްދީނަށް ބޭންޑް ސާމާނު ހަދިޔާކޮށްފި

މީދޫ ޝަމްސުއްދީން ސްކޫލަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ބޭންޑް ސާމާނު ހަދިޔާ ކުރައްވައިފި އެވެ.

ބޭންޑް ސާމާނު މެޑަމް އެ ސްކޫލަށް ހަދިޔާ ކުރެއްވީ މިދިޔަ އަހަރު އެ ކަމަނާ އެ އަވަށަށް ކުރެއްވި ދަތުރުގައި ސްކޫލްގެ ދަރިވަރުން އެދުނު އެދުމެއްގެ މަތިންނެވެ.

މެޑަމް ފާތުންގެ ފަރާތުން ދެއްވި ބޭންޑް ސާމާނާ ސްކޫލްގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މި އަހަރު ޝަމްސުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމާ އަލަށް ހަވާލުވެވަޑައިގަތް ސުލްތާން ރާމިޒެވެ. މެޑަމްގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ ރައީސް ޔާމީންގެ ކެމްޕޭންގައި އިސްކޮށް އުޅުއްވާ މުހައްމަދު ލަމްއާނެވެ.

މެޑަމް ދެއްވި އެހީ އަށް ޝަމްސުއްދީން ސްކޫލުން ވަނީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ޝަމްސުއްދީން ސްކޫލަކީ ނާސަރީން ގްރޭޑް 8 އާ ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ.