އެލައިޑުގެ ޓްރެވެލް އިންޝުއަރެންސް ރީބްރޭންޑު ކުރުމަށްފަހު "ޓްރެވެލާސް އިންޝުއަރެންސް" ގެ ނަމުގައި އާ ޚިދުމަތްތަކަކާ އެކު ފަށައިފިއެވެ.
ރޭ އެލައިޑުން ބޭއްވި ސްޕެޝަލް އިވެންޓުގައި "ޓްރެވެލާސް އިންޝުއަރެންސް" ތައާރަފް ކޮށްފައިވަނީ 19 ބައި ހިމަނައިގެންނެވެ. ދަތުރުކުރާ ފަރާތްތަކަށް ދަތުރުމަތީގައި ކުރިމަތިވެދާނެ ހުރިހާ ކަމަކަށް އެލައިޑުން ވަނީ ވިސްނުމަށްފަހު މި އިންޝުއަރެންސުގެ ދަށުން ނިޔާމަ ދަތުރަކަށް މަގުފަހިވާނެ ހުރިހާ ކަމެއް ހިމަނާފައެވެ.
އޭގެ ތެރޭގައި މިހާރު ދަތުރުވެރިޔާ ދަތުރުމަތީގައި އުޅޭއިރު ގެންގުޅޭ ހުރިހާ އެއްޗެއް ޕްލޭނުގެ ތެރެއިން އިންޝުއާ ވެގެންދާނެއެވެ. މީގެ ކުރިން އިންޝުއާ ވާނީ ދަތުރުވެރިޔާ ޗެކިން ބޭގު އެކަންޏެވެ.
އަދި ދަތުރުމަތިން ގެއްލޭ ނަގުދު ފައިސާއަށް ބަދަލު ދިނުމާއި، ޓިކެޓާއި ޑޮކިއުމެންޓްސް ގެއްލުމުގެ ބަދަލާއި، ދަތުރު މަތީގައި އުޅޭ އިރު ކޮންމެ ޓްރާންސްޕޯޓެއް ނުލިބި ގެއްލުނަސް އެލައިޑުން އޭގެ ބަދަލު، މިއިންޝުއަރެންސުގެ ދަށުން ދޭނެއެވެ.
ޓްރެވެލާސް އިންޝޫއަރެންސުގެ ދަށުން ގިނަ ޚިދުމަތްތަކާއި ލުއިފަސޭހަތަކެއް ދަތުރުވެރިންނަށް އެލައިޑުން ހުށައަޅާފައިވާއިރު ރީބްރޭންޑުކުރި ޚިދުމަތް އާންމުންނާ ހަމައަށް ލިބޭނީ މާޗު މަހުން ފެށިގެން ކަމަށް އެލައިޑުން ބުނެފައިވެއެވެ.