ރައީސް އަބްދުﷲ ޔާމީނަށް ވަގަށް ގޮވިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝިފާޒް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ޝިފާޒްގެ އިތުރުން ހަމަ މިމައްސަލާގައި އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން މުހައްމަދު(ހަސަންޓޭ) ވެސް ވަނީ ފުލުހަށް ހާޒިރުވުމަށް އަންގާފައެވެ.
އެނގިފައިވާ ގޮތުގައި ޝިފާޒާއި ހަސަންޓޭގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ޔާމީންގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް ވަގަށް ގޮވިކަމަށެވެ. ޝިފާޒް ފުލުސް އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ އާދީއްތަ ދުވަހު ހަވީރު 4:00 އަށެވެ. ހަސަންޓޭ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 21:00 އަށެވެ.