Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

ސުލައިމާން އިސްތިއުފާ ދެއްވައިފި

އިލެކްޝަން ކޮމިޝަން (އީސީ) ގެ މިނިވަންކަމާ މެދު އިދިކޮޅު ފަރާތްތަކުން ސުވާލު އުފައްދައި، އެ ކޮމިޝަނަށް ވަަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެ ކޮމިޝަންގެ ރައީސް އަހުމަދު ސްލައިމާން މިއަދު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ފެތުރެމުން ދަނިކޮށެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ސްލައިމާން އީސީގެ ރައީސްކަމުން އިސްތިއުފާ ދެއްވި އިރު، އޭނާ އެ މަގާމުގައި ހުންނަވައިގެން އިންތިހާބު ބާއްވައިފި ނަމަ، އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ނިންމާފައިވާތީ އެ މައްސަލާގައި ވެސް ސްލައިމާނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.

އޭނާއަކީ ކުރިން ރައީސް އަބްދުﷲ ޔާމީން ހައްދަވައިގެން އުޅުއްވި ޕާޓީ ޕީއޭގައި ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ސްލައިމާން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެން އީސީގެ ރައީސް ކަމަށް ގެންނަން އުޅެނީ ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކަމަށެވެ.