Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

ވިޔަފާރިތަކާ ގުޅޭ ދަފުތަރެއް އެކުލަވާލަން ނިންމައިފި

ވިޔަފާރި ކުންފުނިތަކާއި މަސައްކަތްތެރިންގެ ދަފުތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ޕްރޮކިއުމަންޓް އުސޫލް ހަރުދަނާކޮށް ހާމަކަން ބޮޑު އަދި ހަމަހަމަ ގޮތެއްގައި ޚިދުމަތް ފޯރުކޮށް ދިނުން ހަރުދަނާކުރުމަށްޓަކައި ރަޖިސްޓްރީ ކުންފުނިތަކާއި ގުޅުން ހުރި ދާއިރާއަކުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން އެ އިދާރާގެ ދަފުތަރުގައި ރަޖިސްޓްރީ ކުރަން އެދޭ ކަމަށެވެ.

މިދަފުތަރު އެކުލަވާލަން ފެށުމާ ގުޅިގެން މާދަމާ އިން ފެށިގެން ކައުންސިލް އިދާރާ އިން ހިދުމަތް ހޯދުމަށް ކުރާ އިޢުލާންތަކާ އެކު ބިޑް ޑޮކިއުމަންޓް ވިއްކާނީ ހަމައެކަނި ދަފުތަރުގައި ހިމެނޭ ކުންފުނިތަކަށާއި ވިޔަފާރިތަކަށް ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އަދި މާލީއްޔަތު ގަވާއިދުގައިވާ ގޮތުގެ މަތީން އިޢުލާން ކުރުމެއް ނެތި ކޯޓޭޝަން ހޯދައިގެން ހިދުމަތް ހޯދުމަށް ދައުވަތު ދެވޭނީ ވެސް ދަފުތަރު ކުރެވިފައިވާ ވިޔަފާރިތަކަށެވެ.

އެހެންވެ މާދަމާ އިން ފެށިގެން ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަބީ ހުޅުވާލައިފަ އެވެ.

ދަފުތަރުގައި ރަޖިސްޓްރީވާން ހުށަހަޅަން ޖެހޭ ލިޔުންތައް:

* ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީކޮޕީ (އަސްލާ އެއްގޮތް)
* އެންމެ ފަހުން ވިޔަފާރި ފީދެއްކި ރަސީދުގެ ކޮޕީ
* ދަފުތަރުގައި ޖެއްސުމަށް އެދި ހުށަހަޅާ ސިޓީ