Last Updated: June 28, 06:55
Sunday, June 28, 2026
ދުނިޔެ

އަފްޣާނާއި ޕާކިސްތާންގެ ބޯޑަރު ކައިރިއަށް ބިންހެލުމެއް

ފޮޓޯ: ޑޯން ނޫސް

އަފްޣާނިސްތާނުގައި އޮންނަ ޕާކިސްތާނުގެ ބޯޑަރު ކައިރިން 6.1 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފި އެވެ.

އެ ބިންހެލުމުގެ ސަބަބުން އެކަކު މަރުވެ، އިތުރު ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.

ކާބުލް އަށް އައި މި ބިންހެލުމުގެ އަސަރު އިސްލާމްއާބާދު އާއި ނިއު ދިއްލީ އާއި ލާހޯރްގެ އިތުރުން ބަހާވަލްޕޫރް އާއި ކަޝްމީރް އަދި އަބޯތައްބާދް އަށް ވެސް ކުރިއެވެ.

އެގޮތުން މި ބިންހެލުމުގައި މަރުވެފައި ވަނީ ޕާކިސްތާނުގެ ބަލުޗިސްތާން ޕްރޮވިންސް އަށް ނިސްބަތްވާ ކުޑަ އަންހެން ކުއްޖެކެވެ. އަދި އެ ސަރަޙައްދުން ފަސް މީހަކު ވަނީ ޒަޚަމްވެސް ވެފައެވެ. ޕާކިސްތާނުގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އިންޑިޕެންޑެންޓް އިން ރިޕޯޓް ކުރާ ގޮތުގައި އެ ބިންހެލެމުގެ ސަބަބުން ބައެއް ގެތަކުގެ ފުރާޅު ވެއްޓިފައިވާ ކަމަށެވެ.

މީގެ އިތުރުން އަފްޣާނިސްތާނުގެ ބަދަޚްޝާން ޕްރޮވިންސްގެ ޑެޕިއުޓީ ގަވަރުނަރު ބުނެފައިވާ ގޮތުގައި އެ ސަރަޙައްދުގައި ވެސް ތިން މީހަކަށް ވަނީ އަނިޔާވެފަ އެވެ.

އަފްޣާނިސްތާނަށް މި ބިންހެލުން އައިސްފައި ވަނީ އައިސިސް އިން ހޯމަ ދުވަހު އެޤައުމުގެ 11 ސިފައިން މަރާލައި، ހޮނިހިރު ދުވަހު ތާލިބާނުން ބޮމުގެ ހަމަލާއެއް ދީ 103 މީހުން މަރާލި ފަހުންނެވެ.