Last Updated: April 19, 21:01
Friday, April 19, 2024
ޚަބަރު

އަމިއްލަ އަށް ކުނި އުކަން 3،600 ގޭބީސީއަކުން ރެޖިސްޓްރީކޮށްފި

ފޮޓޯ: އެމްވީނިއުސް

އަމިއްލައަށް ކުނި އުކަން ބޭނުންވާ ކަމަށް މިހާތަނަށް 3،600 ގޭބިސީއަކުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އޮން ބުނެފި އެވެ.

އެކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ރަޖިސްޓްރީ ނުކޮށް ކުނިއުކާ މީހުންގެ އަތުން މާދަމާ އިން ފެށިގެން ގޭޓް ފީ ނަގަން ނިންމުމާއި ގުޅިގެން އަމިއްލަ އަށް ކުނި އުކުމަށް ބޭނުންވާ ގޭބިސީތަކުގެ އަދަދު 3،600 އަށް އަރާފައިވާ ކަމަށެވެ.

އަދި އަމިއްލަ އަށް ކުނި އުކަން ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ދުވާލަކު އެއް ފަހަރަށްވުރެ ގިނައިން ކުދިން އުކާނަމަ، ކޮންމެ ފަހަރަކު 30 ރުފިޔާގެ ގޭޓް ފީ އެއް ދައްކަން ޖެހޭނެ ކަމަށްވެސް ވެމްކޯ އިން ބުނެއެވެ.

އަމިއްލަ އަށް ކުނި އުކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީ ވެފައި ނުވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖްގެ ވެމްކޯ ފްރަންޓް އޮފީހަށް ވަޑައިގެން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ވެމްކޯ އިން ބުނެއެވެ.

މިހާރު ވެމްކޯ އިން ގޭބިސީތަކަށް ގޮސްގެން ކުނި އުކައިދެނީ މަހަކު 150 ރުފިޔާގެ ފީ އަކަށެވެ.