Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

މަހްލޫފު އެނބުރި ރާއްޖެ އަތުވެއްޖެ

ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަށްފަހު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަދި އިދިކޮޅު އެމްޔޫއޯގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް (މަހޭ) މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މަހްލޫފު ރާއްޖެ އައިސްފައިވަނީ އަވައްޓެރި ލަންކާގައި ސިޔާސީ އިސް ފަރާތްތަކާއި އެކު މަސައްކަތް ކުރެއްވުމަށްފަހުއެވެ.

މަހްލޫފްގެ މައްޗަށް ޖިނާއީ ދައުވާ ކުރުމަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހު މަޖްލިސް ކުރާ ގެއަށް ވަދެ ސަލާމަތީ ބާރުތަކުގެ ވާޖިބަށް ހުރަސް އަޅައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައެވެ. މި މައްސަލަ އާއި ގުޅިގެން މީގެ ކުރިން މަހްލޫފްގެ ޕާސްޕޯޓް ކޯޓުން ހިފެހެއްޓިއެވެ.