މަޝްހޫރު ބޭންޑް ލޭޑީ އެންޓެބެލަމްގެ ލީޑް ލަވަކިޔުންތެރިޔާ ހިލަރީ ސްކޮޓް އާއި އޭނާގެ ފިރިމީހާ ކްރިސް ޓިރެލް އަށް އެއްމާބަނޑު ދެ އަންހެން ކުދިން ލިބިއްޖެ އެވެ.
އުމުރުން 31 އަހަރުގެ ލަވަކިޔުންތެރިޔާ ވަނީ މި އުފާވެރި ޚަބަރު އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ފޭނުންނާ ހިއްސާކޮށްފަ އެވެ.
މަޝްހޫރު ލަވަ "ނީޑް ޔޫ ނައު" ގެ އަޑުގެ ވެރިޔާ ލަރީ ވިހާ ދުވަސް މާ ބޮޑަށް ކައިރިވުމާއެކީ އާދީއްތަ ދުވަހު ބޭއްވި މި ފަހަރުގެ ގްރެމީ އެވޯޑްސް ހަފުލާ އަށް ވެސް ދެވޭ ގޮތެއް ނުވި އެވެ.
ދެހާސް ބާރައިގައި ކައިވެނި ކުރި ހިލަރީ އަށް ވަނީ މީގެ ކުރިން ވެސް އަންހެން ކުއްޖަކު ލިބިފަ އެވެ. އޭނާގެ ދަރިފުޅު އައިސެލީ ކޭ އަށް މިހާރު އުމުރުން ހަތަރު އަހަރެވެ.