އައްޑޫގައި ދުއްވާ ވެހިކަލްތަކުގެ ޒޯން ރަޖިސްޓްރީ ޗެކް ކުރުމަށް ހިންގި އޮޕަރޭޝަންގައި މިހާތަނަށް 36 އުޅަނދެއް ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މިޑިއާ އޮފިޝަލް ވިދާޅުވީ ވަރަށް ބޮޑަށް ވަގުތު ދިނުމަށް ފަހު މި މަހުގެ ފުރަތަމަ ދުވަހު ފެށި އޮޕަރޭޝަނުގައި މިހާތަނަށް ޒޯން ބަދަލު ނުކޮށް ދުއްވި 36 އުޅަނދެއް 750 ރުފިއާއިން ޖުރިމަނާ ކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާތަނަށް ހިންގި އޮޕަރޭޝަނުގައި 50 އަށް ވުރެ ގިނަ ވެހިކަލް ތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
"އަފިރިންގެ އަމާން އައްޑޫ ސިޓީ" މި ނަމުގައި އައްޑޫގައި ކުރިއަށްދާ ޚާއްސަ އޮޕަރޭޝަންގެ ތެރެއިން އިއްޔެ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި 50 އަށް ވުރެ ގިނަ އެއްގަމު އުޅަނދު ފުލުހުން ވަނީ ޗެކްކޮށްފަ އެވެ.
މި އޮޕަރޭޝަން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.