Last Updated: June 28, 06:55
Sunday, June 28, 2026
މުނިފޫހިފިލުވުން

"ހެރެޑިޓަރީ" އޯޑިއަންސް ބިރު ގަންނުވާލާނެ

މި އަހަރުގެ ސަންޑާންސް ފިލްމް ފެސްޓިވަލް ގައި ޕްރިމިއާ ކުރި ދުވަހުން ފެށިގެން، އަރި އެސްޓަރ ގެ ޑައިރެކްޝަނެއް ކަމުގައިވާ ބިރުވެރި ފިލްމް "ހެރެޑިޓަރީ" ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.

މި އަހަރުގެ އެންމެ އުންމީދީ ބިރުވެރި ފިލްމްގެ ގޮތުގައި ބެލެވޭ "ހެރެޑިޓަރީ" ގެ ޓްރެއިލާ ވަނީ އިއްޔެ ރިލީޒްކޮށްފަ އެވެ.

މި ފިލްމްގައި ދައްކުވައިދެނީ ގްރެހަމް އާއިލާގެ އިސްވެރިޔާ އެލެން މަރުވުމަށްފަހު އޭނާގެ އަންހެން ދަރިފުޅުގެ އާއިލާއިން އެމީހުންގެ ތާރީޚާއި ބެހޭ ސިއްރުތަކެއް ހޯދަމުންގޮސް ދިމާވާ ކަންތައްތަކެއްގެ ވާހަކަ އެވެ.

ޓައިމް އައުޓް ވަނީ މި ފިލްމަކީ މި ޒަމާނުގެ "އެގްޒޯސިސްޓް" ކަމުގައި ބުނެފަ އެވެ. މި ފިލްމަށް މަވަގުތު ރޮޓެން ޓޮމާޓޯސް ވެބްސައިޓްގައި ދީފައި ވަނީ 100 ޕަސަންޓްގެ ރޭޓިންއެކެވެ.

"ހެރެޑިޓަރީ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު އެވެ.