Last Updated: June 28, 06:55
Sunday, June 28, 2026
ޚަބަރު

އެސްޓީއޯ އަށް ދެ ބިލިއަން ރުފިޔާގެ އާމްދަނީއެއް

އެސްޓީއޯގެ އަހަރީ އާންމު ޖަލްސާއެއްގެ )ތެރެއިން - ފޮޓޯ: ސަން (ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 2.02 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެކުންފުނިން އިއްޔެ ޝާއިރުކުރި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓްގައި ބުނެފައި ވަނީ 2017 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އެސްޓީއޯ އަށް 2.024 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ. އެއީ 2016 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނު 1.7 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު 16 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައުދާގެ ގޮތުގައި 46 މިލިއަން ރުފިޔާ ލިބިފައިވާއިރު، މުޅި އަހަރުގެ ތެރޭގައި ލިބުނު ސާފު ފައިދާގެ ޖުމްލައަކީ ގާތްގަނޑަކަށް 207 މިލިއަން ރުފިޔާ އެވެ.

މިދިޔަ ކުއާޓަރުގައި ހިއްސާއަކަށް ޖެހިފައިވާ ފައިދާގެ އަގަކީ 41 ރުފިޔާއެވެ.