Last Updated: June 28, 06:55
Sunday, June 28, 2026
ދުނިޔެ

ސީރިއާ އާއި ފަލަސްތީނަށް މާލީ އެހީ ދޭން އދ. އިން އެދިއްޖެ

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ދެނީ - ފޮޓޯ: އދ

އދ އިން ސީރިއާ އާއި ފަލަސްތީނުގައި ހިންގަމުންދާ އިމާޖެންސީ އޮޕަރޭޝަންތަކަށް ވަރަށް އަވަހަށް މާލީ އެހީ ދިނުމަށް އެދިއްޖެ އެވެ.

އދ ގެ ރިލީފް އެންޑް ވާކްސް އޭޖެންސީ އިން އަންގާރަ ދުވަހު ބުނި ގޮތުގައި އެޤައުމްތަކުގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް ކާބޯތަކެއްޗާއި ފެނާއި ބޯހިޔާވަހިކަމުގެ އިތުރުން ސިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 800 މިލިއަން ޑޮލަރު ބޭނުންވެއެވެ.

އެ އޭޖެންސީގެ ކޮމިޝަނާ ޖެނެރަލް ވިދާޅުވި ގޮތުގައި އިމާޖެންސީ ޙާލަތު އިތުރަށް ގޯސްވަމުންދާތީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މާލީ އެހީގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަމްޕް ޤުދުސްގެ އަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ބުނި ބުނުން އދ އިން ދޮގުކުރުމުން، ވޮޝިންގްޓަން އިން ވަނީ އދ އަށް ދެމުން އައި އެހީ ހުއްޓާލާފައެވެ.

މި މަހު އެމެރިކާ އިން ބުނި ގޮތުގައި އދ އަށް ދިނުމަށް ރޭވި 125 މިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބައި ނުދޭން އެޤައުމުން ނިންމާފައިވާ ކަމަށެވެ.

2017 ވަނަ އަހަރު އެމެރިކާ އިން ވަނީ އދ ގެ ރިލީފް ފަންޑަށް 360 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ.