Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

މައުމޫންގެ އޮފީހުގެ އަންހެން މުވައްޒަފަކު ހައްޔަރުކޮށްފި

* އަޒުމީ އާއި ނަޖުމާ ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ ތުހުމަތުގައި
* ރައީސް މައުމޫން އާއި ގުޅުން ހުރި ތިން ގެއެއް ބަލައި ފާސް ކުރަމުންދަނީ

ރައީސް މައުމޫން އޮފީހުގެ އަންހެން މުވައްޒަފަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ރައީސް މައުމޫން އޮފީހުގައި މަސައްކަތް ކުރަމުންދާ ނަޖްމާއެވެ. ފުލުހުން ވަނީ މައުމޫން އާއި ގުޅުން ހުރި ތިން ގެއަކަށް ވަދެފައެވެ. އެގޮތުން މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ އާއި އެގެއާއި އިންވެގެން ހުރި އެންދެރިގަސްވެސް ފުލުހުން ދަނީ ކޯޓު އަމުރެއްގެ ދަށުން ފާސް ކުރަމުންނެވެ.

މީގެ އިތުރުން ރައީސް މައުމޫންގެ ސެކިއުރިޓީއެއްގެ ގެއަށްވެސް ފުލުހުން ވަނީ ވަދެފައެވެ.

ފުލުހުން ވަނީ އެންދެރިމާގެ އާއި އެންދެރިގަސް ހިމެނޭ ސަރަހައްދު އާއްމުންނަށް ނުވަދެވޭނެހެން ބަންދުކޮށްފައެވެ.

އެންދެރިމާގެ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވާ އިރު އެސަރަހައްދުގައި ރާއްޖޭގެ ސިޔާސީ ދާއިރާގެ އިސް ބައެއް ބޭފުޅުންނާއި ރައީސް މައުމޫންގެ ގާނޫނީ ވަކީލުން ތިއްބެވިކަން ފާހަގަކޮށްލެވެއެވެ.

ރައީސް މައުމޫން އާއި އަރިސް ބޭފުޅެއްކަމަށްވާ ނާދިރާ "ރާއްޖެޓީވީ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް މައުމޫންގެ ސެކިއުރިޓީ އަޒުމީ ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ ތުހުމަތުގައިކަމަށެވެ.

އަޒުމީ ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކާއި ގުޅިގެން ދިވެހި ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ވެރިކަން ވައްޓާލުމަށް ގާނޫނާއި ހިލާފަށް މަސައްކަތް ކުރަން ރާވާފައިވާކަމަށް ތުހުމަތު ކުރެވޭތީ މުހައްމަދު އަޒުމީ މުޖްތަމައަށް ދޫކޮށްފައި ބެހެއްޓުމަކީ ފުލުހުން ތަހްގީގު ކުރަމުން ގެންދާ މައްސަލައިގެ ތަހްގީގަށް ބޮޑެތި ހުރަސްތަކެއް އެޅި މިކަންކަމާއި ގުޅޭގޮތުން ލިބެން ހުރި ހެކި ފޮރުވާ އަދި ހެކޮ ބަސް ދޭންތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، ހެކި ނައްތާލުމަށް ފުރުސތު ތަނަވަސްވެގެންދާނެ ކަމަށް ކަމަށެވެ.

އަޒުމީ އާއި ދެކޮޅަށް ހެއްކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ ހެއްކެއްގެ ހެކި ބަހާއި، ވީޑިއޯ ފުޓޭޖާއި، ފޮޓޯ ފޯން ކޯލް ތަފްސީލެވެ.

ތަފްސީލް އަންނަނީ….