Last Updated: June 13, 10:19
Saturday, June 13, 2026
ކުޅިވަރު

އޮޒިލް ކޮންޓްރެކްޓް އާކޮށްފި

އާސެނަލްއަށް ކުޅެމުން އަންނަ ޖަރުމަނު ވިލާތުގެ ތަރި، މީސުޓް އޮޒިލް އޭނާގެ ކޮންޓްރެކްޓު 2021 ވަނަ އަހަރާއި ހަމައަށް އާކޮށްފިއެވެ.

އޮޒިލް ކޮންޓްރެކްޓު އާކޮށްފައިވަނީ އާސެނަލް ޓީމުން އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާގެ ގޮތުގައި ހުރުމަށް، މުސާރަ ބޮޑުކޮށްދިނުމުންނެވެ.

މިހާރު އޮޒިލްއަށް ކޮންމެ ހަފްތާއަކު 350،000 ޕައުންޑުގެ މުސާރައެއް ލިބިގެންދާނެއެވެ. މިއީ ކުލަބުގެ ތާރީޚުގައިވެސް މިފަދަ ބޮޑު މުސާރައެއް ކުޅުންތެރިޔަކަށް ދޭ ފުރަތަމަ ފަހަރެވެ.

ރެއާލް މެޑްރިޑުން 2013 ވަނަ އަހަރު އާސެނަލްއާ ގުޅުނު އޮޒިލް ވަނީ އާސެނަލްއަށް ތިން ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމަށް އެހީވެދީފައެވެ.