Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ސިނާން އާއި އިލްހާމް ހޯދަން ފުލުހުން އިއުލާންކޮށްފި

ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާކަމަށް އިލެކްޝަން ކަމިޝަނުން ކަޑައަޅާފައިވާ ދަނގެތީ ދާއިރާގެ މެމްބަރ އިލްހާމް އަހުމަދު އާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރ އަބްދުﷲ ސިނާން ހޯދުމަށް ފުލުހުން އިއްލާންކޮށްފިއެވެ.

ސިނާން އާއި އިލްހާމް ހޯދުމަށް ފުލުހުން އިއްލާން ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ސިނާން އާއި އިލްހާމް ހާޟިރުކުރުމަށްޓަކައި ޗިޓް ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސައްކަތްކުރި ނަމަވެސް މިދެމީހުން އުޅޭވަކިތަނެއް ނޭނގި މިވަގުތު ރާއްޖެއިން ބޭރުގައި ހުރުމުގެ ސަބަބުން ފުލުހުންގެ ތަޙްޤީޤަށް ޙާޟިރުވުމަށް އަންގާ ޗިޓް ވަނީ އެފަރާތްތަކާ ހަވާލުނުކުރެވިވާކަމަށެވެ. އަދި 14 ދުވަހުގެ ތެރޭގައި ފުލުހަށް ހާޒިރު ވުމަށްވެސް ވަނީ އަންގާފައެވެ.