Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ޓެރަރިޒަމް ތުހުމަތުގައި ހައްޔަރު ކުރި ނަޖްމާ ގޭބަންދަށް ބަދަލުކޮށްފި

ރާއްޖޭގެ ގާނޫނީ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާކަމުގެ ތުހުތުގައި އިއްޔެ ހަވީރު ހައްޔަރުކުރި ރައީސް މައުމޫން އޮފީހުގައި ވަޒީފާ އަދާކުރަމުން ދިޔަ ނަޖްމާ އިބްރާހިމް ގޭ ބަންދަށް ބަދަލުކޮށްފިއެވެ.

ނަޖްމާ ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އޭނާއަކީ ގާތުން ކިރުދޭ 8 މަހުގެ ތުއްތު ކުއްޖެއްގެ މަންމައަކަށް ވެފައި އެ ދަރިފުޅަށް ލިބިދާނެ ސިއްހީ ގެއްލުމުން ޝަކުވާ އޭނާގެ ވަކީލުންގެ ފަރާތުން ކްރިމިނަލް ކޯޓަށާއި އަދި ފުލުހުންނަށް ހުށަހަޅާފައި ވަނިކޮށެވެ.

އިއްޔެ ހަވީރު ނަޖްމާ ހައްޔަރު ކޮށްފައިވަނީ އޭނާ ދިރިއުޅެމުން ދިޔަ މ. ވިސްޓީރިއާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސް ކުރުމަށްފަހުއެވެ. ނަޖްމާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓުން ފުލުހުން ވަނީ ބުރުގާ އަކާއި ފޯނެއް ނަގާފައެވެ.

ނަޖްމާގެ އިތުރުން ރައީސް މައުމޫންގެ ސެކިއުރިޓީއަކަށް މަސައްކަތް ކުރަމުން ދިޔަ މުހައްމަދު އަޒުމީވެސް ވަނީ ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.