Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

އެސްޓީއޯ އައްޑޫ ފުޓްސަލް ޓޯނަމަންޓް މިރޭ ފަށަނީ

އެސްޓީއޯ މަރަދޫފޭދޫ ބްރާންޗުން އިންތިޒާމްކޮށްގެން ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ "އެސްޓީއޯ އައްޑޫ ފުޓްސަލް ޓޯނަމަންޓް 2018" މިރޭ ފަށާ ގޮތަށް ނިންމައިފި އެވެ.

ޖުމްލަ 8 ޓީމް ވާދަ ކުރާ މި މުބާރާތް ކުރިއަށް ދާނީ ފޭދޫ ފުޓްސަލް ދަނޑުގަ އެވެ. މުބާރާތުގައި ވާދަ ކުރަނީ ޓީމް ފެނަކަ، ޔުނައިޓެޑް ބީއެމްއެލް، ޓީމް ކަސްޓަމްސް، ސައުތު ބްލޫ، ޝަންގްރިއްލާ، މޯލްޑިވިއަން، އެސްޓީއެލް އަދި އެޗްޕީއެލް އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން މެޗްތައް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ ޓީމް ފެނަކަ، އެޗްޕީއެލް، ޓީމް ކަސްޓަމްސް އަދި އެސްޓީއެލް އެވެ.

ގްރޫޕް ބީގައި ހިމެނެނީ ޔުނައިޓެޑް ބީއެމްއެލް، ޝަންގިއްރިއްލާ، ސައުތު ބްލޫ އަދި މޯލްޑިވިއަން އެވެ.

މިރޭ 8:30 ގައި މުބާރާތް ފަށާ އިރު، ތިން މެޗް ކުޅެން ވަނީ ތާވަލުކޮށްފަ އެވެ.

ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ޓީމް ފެނަކަ އާއި އެޗްޕީއެލް އެވެ. ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޔުނައިޓެޑް ބީއެމްއެލް އާއި ޝަންގްރިއްލާ އެވެ. އަދި ތިން ވަނަ މެޗަަށް ނުކުންނާނީ ޓީމް ކަސްޓަމްސް އާއި އެސްޓީއެލް އެވެ.

މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ފައިނަލް މެޗް ކުޅޭ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30،000ރ. ހުށަހަޅާފައިވާ އިރު، ރަނަ-އަޕް ޓީމަށް 10،000ރ. ލިބޭނެ އެވެ.