ސޮނެވާ ޖާނީ ރިސޯޓަށް އިންސާނެއްގެ ގަބުރެއް މިއަދުގެ ވަގުތެއްގައި ލައްގައިފިއެވެ.
ލައްގާފައިވާ ގަބުރު ވަނީ ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިންސާނެއްގެ ގަބުރެއް ރިސޯޓަކަށް ލައްގާފައިވާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލަ މިހާރު އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ސޮނެވާ ޖާނީއަށް ލައްގާފައިވާ ގަބުރުގެ ފޮޓޯތައް ސޯޝަލް މީޑިޔާގައި ދައުރު ވަމުން އަންނައިރު ފޮޓޯތަކުން ފެންނަ ގޮތުގައި ލައްގާފައިވަނީ ބޮލެއް ނެތް ގަބުރެކެވެ.