Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

މިސްކިތްތައް މަރާމާތު ކުރަން ފުރުސަތު ހުޅުވާލައިފި

ސ. ފޭދޫ "މަސްޖިދުލް އައްވާބީން". ފޮޓޯ/ އައްޑޫ ލައިވް

އަންނަ ރޯދަ މަހާ ދިމާކޮށް ކުރީ އަހަރުތަކެކޭ އެއްގޮތަށް އައްޑޫގެ މިސްކިތްތައް މަރާމާތުކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އައްޑޫ ސިޓީ ކައުންސިލުން ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލަރު އަބްދުﷲ ތޮއްޔިބް (ޓޮމް) ވިދާޅުވީ މިސްކިތްތައް މަރާމާތުކޮށް ދިނުމަށް މިހާރު ވެސް އައްޑޫގެ ވިޔަފާވެރިންނާއި އާންމުންގެ ފަރާތުން ތަރުހީބު ލިބެމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ މިސްކިތްތައްް މަރާމާތު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލި ނަމަވެސް، ކައުންސިލުން މިކަމަކަށް ކުރަން ޖެހޭ ހޭދަ އާއި ކުރަން ޖެހޭ މަސައްކަތް ވެސް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި އަހަރު ވަރަށް ކުޑަކުޑަ ބަޖެޓެއް ލިބިފައި ވަނީ ވެސް. އެކަމަކު މިސްކިތްތައް މަރާމާތު ކުރުން ފަދަ މުހިއްމު މަސައްކަތްތަކަށް ހީނަރުކަން ނުގެނެސް އެކަން ކުރަން ކައުންސިލުން މަސައްކަތް ކުރަމުން ގެންދާނަން،" ޓޮމް ވިދާޅުވި އެވެ. "ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލި ނަމަވެސް ކައުންސިލުން މިކަމަށް ކުރަން ޖެހޭ ހަރަދެއް ވެއްޖިއްޔާ ކުރާނެ."