ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމުގައިވާ މޫވެންޕިކްގެ ކޮފީ ރާއްޖެ އަށް ތަޢާރަފްކޮށްފި އެވެ.
ދުނިޔޭގައި ހައްދާ އެންމެ މޮޅު ކޮލިޓީގެ ކޮފީ ބީންސް ބޭނުންކޮށްގެން ތައްޔާރުކުރާ މޫވެންޕިކް ބްރޭންޑްގެ ކޮފީ ރާއްޖެއަށް ތަޢާރަފްކޮށްފައި ވަނީ މާލެގައި ހުންނަ މޫވެންޕިކް މޯލްޑިވްސް ގައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
މޫވެންޕިކް ކޮފީ ލިބެން ހުންނާނީ މާލޭގެ އަބަދަށް ފެހި މަގުގައި ހުޅުވާފައި ހުންނަ މޫވެންޕިކް މޯލްޑިވްސް އިންނެވެ. އެތަނަކީ މިހާރުވެސް މޫވެންޕިކް ބްރޭންޑްގެ އައިސްކްރީމް ވިއްކަމުން އަންނަ ތަނެކެވެ.