Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އެންއައިސީގެ މެމްބަރު ކަމަށް ހަތް ފަރާތަކުން ކުރިމަތިލައިފި

ރައީސުލްޖުމްހޫރިއްޔާ، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މެމްބަރުންނާއި އެކު -- ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުކަމަށް ހަތް ފަރާތަކުން ކުރިމަތިލައިފި އެވެ.

އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވުނީ އެ ކޮމިޝަންގެ ރައީސްކަމުގެ މަޤާމުގައި ކުރިން ހުންނެވި ގ. އަތަ، ޔޫސުފް މާނިއު މުހައްމަދު އެންއައިސީގެ ރައީސްކަމުގެ މަޤާމުންނާއި އެ ކޮމިޝަންގެ މެމްބަރުކަމުން ވަކި ކުރުމުން މެމްބަރުކަމުގެ މަޤާމެއް ހުސްވެފައި އޮތުމުންނެވެ.

އެގޮތުން އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ތިންވަނަ ފުރުސަތުގައި ޖުމްލަ ހަތް ފަރާތަކުން ވަނީ މެމްބަރުކަމަށް ކުރިމަތިލާފަ އެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދޭގޮތުގައި ވަރަށް އަވަހަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރެވިގެންދާނެ އެވެ.